ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ އަވައްޓެރި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު، ވަކި ހިސާބަކުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ރިިޔާސަތަށް ވަޑައިގެންދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ނައިބު ރައީސްއާ ހަވާލުކުރެއްވުމަށް ފަހު މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވައި މަޖިލީހު ރައީސް ވިދާޅުވީ، މިއަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވާ ކަމަށެވެ.
މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވާއިރު ދަތުރުފުޅުގެ ވާހަކަ ހިއްސާ ކުރެއްވުމަށްފަހު އަބްދުއްރަހީމް ވަޑައިގެންނެވީއެވެ.
ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އިންޑިއާ އަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙާ ގުޅުންހުރި ވަރަށް ގިނަ ބޮޑެތި ކަންކަން ނިންމާ ތަނެކެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އޮތް ނުތަނަވަސްކަމާމެދު ގޮތްތަކެއް ނިމިގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ބައެއްފަރާތްތަކުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު