ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ދިގުކުރުމާއި ބުރުގާ އެޅުމުގެ ހުއްދަ ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤަރާރުގެ މައްސަލަ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ގަރާރު މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުން މި ޤަރާރު އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށެވެ.

މައުރޫފްގެ ގަރާރުގައި އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 19 ވަނަ މައްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށާއި އެމީހަކު ބޭނުން ވަޒީފާއެއް އަދާކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ފަތުރުވެރިކަމުގެ ބައެއް ވިޔަފާރިތަކުގެ ހެދުން އެޅުމުގެ މިންގަނޑުތަކުން ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުމަށް ހުރަސްއެޅޭ ކަމަަށާއި އެކަމުގެ ސަބަބުން ބުރުގާ އަޅާ އަންހެނުންނާއި ތުނބުޅި ބަހައްޓާ ފިރިހެނުންގެ ވަޒީފާގެ ހައްގަށް ހުރަސްއެޅޭކަމަށް ޤަރާރުގައި ބަޔާން ކޮށްފައިވެއެވެ.

އެހެންކަމުން މަޢުރޫފް ހުށައެޅުއްވި ޤަރާރުގައި ސަރުކާރަށް ގޮވާލާފައިވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހެދުން އެޅުމުގެ އާންމު މިންގަނޑެއް އެކުލަވާލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން