އެއްދުވަހަކުން ޔުކްރެއިން އަކީ ރަޝިޔާގެ ބައެއް ކަމުގައިވެސް ވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕު މިހެން ބުނެފައި މިވަނީ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައްދަލުކުރައްވަން ހަމަޖެހިފައިވަނިކޮށް ދިން ބަޔާނެއްގައެވެ.
ބޭރުގެ މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ބުނީ ޔުކްރެއިންއާއި ރަޝިޔާ އާ ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. އަދި ހަމަ އެހެންމެ، އެމެރިކާއިން ޔުކްރެއިންއަށް ދޭ އެހީގެ ބަދަލުގައި އެ ގައުމުގެ ގުދުރަތީ ވަސީލަތްތައް، ޚާއްސަކޮށް ”ރެއަރ މިނެރަލްސް“ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.
މިއަދު ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ރައީސް ޓްރަމްޕާ ބައްދަލުކުރެއްވުމުގެ އިންތިޒާމުތައް ކުރިއަށްދާ ކަމަށެވެ. އަދި މިއަންނަ ހުކުރު ދުވަހު މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި އެމެރިކާގެ ނައިބު ރައީސް ވޭންސްއާ ބައްދަލުކުރައްވާނެ ކަމަށްވެސް އޭނާ އިއުލާން ކުރެއްވިއެވެ.
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ފެށިތާ ގާތްގަނޑަކަށް ތިން އަހަރު ވެފައިވާއިރު މި ހަނގުރާމައިގައި ޔުކްރެއިންގެ ސިފައިން ހަތިޔާރާއި މީހުންގެ ދަތިކަން ދަނީ ވަރަށް ބޮޑަށް ތަހައްމަލު ކުރަމުންނެވެ. އަދި ރަޝިޔާގެ ސިފައިން މި ހަނގުރާމައިގައި ކުރިއަށް ދަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ.
އެމެރިކާއިން ރަޝިޔާއަށް ހިތްވަރު ލިބޭ ގޮތަށް މިހާރު ވާހަކަ ދެއްކި ނަމަވެސް އެ ގައުމަކީ އަބަދުވެސް ޔުކްރެއިންގެ ވާގިވެރިއެކެވެ. އަދި ފާއިތުވި މަސްތަކުގައި އެމެރިކާއިން ވަނީ އެތައް ފަހަރެއްގެ މަތިން ޔުކްރެއިން އަށް އެހީތައްވެސް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު