ބްރިކްސްގެ ދެ ގައުމު ކަމަށްވާ ރަޝިޔާ އާއި އިތިއޮޕިއާ އިން އެމެރިކާ ޑޮލަރު އެއްފަރާތްކުރަން ތައްޔާރުވާން ފަށައިފިއެވެ.

ރަޝިޔާގައި ހުންނަވާ އިތިއޮޕިއާގެ ސަފީރު ޖެނެޓް ޓެޝޯމޭ ޖިރޫ ވިދާޅުވީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ދެ ގައުމުންވެސް އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލައި އެގައުމުތަކުގެ ފައިސާ ބޭނުންކުރަން ވިސްނަމުންދާ ކަމަށެވެ. އަދި މިކަމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ ޑޮލަރަށް ބަރޯސާވުން ނިމުމަކަށް ގެނެސް، ވިޔަފާރީގެ އެއްބަސްވުންތަކަށް އެގައުމެއްގެ ފައިސާ ބޭނުން ކުރުމަށް ބްރިކްސް އިން ދަނީ ގައުމުތަކަށް ބާރުއަޅަމުންނެވެ.

"ރަޝިޔާ އާއި އިތިއޮޕިއާއާ ދެމެދު މި ޕްރޮސެސް އަދިވެސް އޮތީ ފުރަތަމަ މަރުހަލާގައި. އެހެންކަމުން ސީދާ ތަފާސްހިސާބުތައް ފޯރުކޮށްދިނުން އަދި މާ އަވަސް. އެކަމަކު ދެ ފަރާތުން ވެސް ސާފުކޮށް ފެންނަނީ ގައުމީ ފައިސާއިން ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ކަމަށާއި މި އެއްބާރުލުން ވަގުތު ފާއިތުވަމުންދާ ވަރަކަށް ކުރިއަރާނެ ކަން" އިތިއޮޕިއާގެ ސަފީރު ވިދާޅުވި އެވެ.

މި ޑީލް ކުރިއަށް ދާނަމަ އެމެރިކާ ޑޮލަރަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް ބްރިކްސް އިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ އެވެ.

ދާދި ފަހުން ބްރިކްސްގެ މެމްބަރު އިންޑިއާ އާއި އިންޑޮނޭޝިއާ އިންވެސް ވަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި އެދެގައުމުގެ ފައިސާ ބޭނުން ކުރުމަށް ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުން ކުރިއަށް ދިޔައީ ޑޮލަރު ދޫކޮށްލަން ރާވާފައިވާ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން