މޭޔަރު އާދަމް އާޒިމް--
މޭޔަރު އާދަމް އާޒިމް--
ދެތިން މަސްތެރޭ ރަސް ފަންނު މަރާމާތުކޮށް ނިމޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދާއި އަދި އެ ތަނުގައި ހުންނަ ހަޓުތަކާއި ޖޯލިތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ބުނީ ރަސްފަންނު މަރާމާތުކުރަން ފަށާތާ ދެތިން މަސްތެރޭގައި އެތަން ނިމޭނެ ކަމަށެވެ. އަދި މަސައްކަތް ނިމޭއިރު ރަނގަޅު ފެންވަރެއްގައި ތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ ކަމަށް މޭޔަރު އާދަމް އާޒިމްއާ ހަވާލާދީ ބުނެފަައިވެ އެވެ.

ރަސްފަންނުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން އަދި ފެށީ މޫދަށް އެރޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތެވެ.

އެގޮތުން މޫދަށް އެރޭ ސަރަަހައްދަށް ކިސަޑު ފައިބައިފައިވާތީ ކިސަޑުތައް ނަގައި ވެލި އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ވަނީ ފަށައިފަ އެވެ. އަދި އެކަމާ ގުޅިގެން ރަސްފަންނުގެ މޫދަށް އެރޭ ސަަރަހައްދު ވަނީ ވަގުތީ ގޮތުން މިއަދުން ފެށިގެން ބަންދުވެސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން