ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ވ) އާއި، އަލްމަރުޙޫމް ޙުސައިން މުޙައްމަދު (ކ).
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ވ) އާއި، އަލްމަރުޙޫމް ޙުސައިން މުޙައްމަދު (ކ).
ރޭގެ ވަގުތެއްގައި އަވަހާރަވި މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮލަފާ ދެއްވި އެކުވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހުސެއިން މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސެއިން އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށާއި ޙުސެއިން އަކީ ޤައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އެމަނިކުފާނުގެ ގާތް ރަޙުމަތްތެރިއެއް ކަމަށެވެ.

"ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް. މަރުޙޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަންދެއްވާށި" ރައީސްގެ ޓްވީޓްގައި ވެއެވެ.



ހުސައިން މުހައްމަދު އަވަހާރަ ވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށްށެވެ.

ހުސައިން މުހައްމަދު ވަނީ ސިޔާސީ ދާއިރާގައާއި ނޫސްވެރިކަމާއި ތަޢުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރަށްވާފައެވެ. ޙުސައިން މުޙައްމަދު އަވަހާރަވީއިރު ޢުމުރުފުޅަކީ 71 އަހަރެވެ.

ހުސައިން މުހައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ 18:45 ގައި މަސްޖިދު ތަޢާވުން (އާސަހަރާ) މިސްކިތުގައި އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން