ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން
ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން
ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ނުބާއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން "ކުއްލި" ކެބިނެޓު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ހަބަރެއް ދޮގު ކުރަށްވަމުންނެވެ.

އެ ޚަބަރުގައި ހަގީގަތެއް ނެތްކަން ހާމަކުރަށްވަމުން ހީނާ ވިދާޅުވީ އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ.

“މިފަދަ ދޮގު މައުލޫމާތެއް ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ވާހަކަ ދަންނަވަން.” ހީނާ ވިދާޅުވިއެވެ.



ހީނާ މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އެކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ.

އެ މައްސަލާގައި ސުޕްރީމްކޯޓުގެ 7 ފަނޑިޔާރުން މިއަދު ނިންމެވީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށާއި، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެ ދައުލަތުން ކޮށްފައިވާ އިއުތިރާޒާ މެދު ގޮތެއް ނިންމަވާނީ މުޅި މައްސަލައިގެ ނިންމުމުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން