މަރްޔަމް ނަހްދާ ވަޙީދު   18 ފެބްރުއަރީ 2025 - 17:21
އޭސީސީގެ މެމްބަރަކަށް ނާޝިދު އައްޔަނު ކުރުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
އޭސީސީގެ މެމްބަރަކަށް ނާޝިދު އައްޔަނު ކުރުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނާއިބު ރައީސްގެ މަގާމަށް ރ. އަލިފުށި، ފަސާނާ ޢަބްދުﷲ ނާޝިދު މިއަދު އައްޔަނު ކުރައްވައިފިއެވެ.

އޭސީސީގެ ނައިބުގެ މަގާމަށް ނާޝިދު އައްޔަނު ކުރައްވާފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

މި މަގާމަށް އައްޔަންކުރައްވަން އެންމެ ފުރަތަމަ ރައީސް ފޮނުއްވީ މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދުގެ ނަމެވެ. ނަމަވެސް އެ ނަން އަނބުރާ ގެންދެވުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު ރައީސް ވަނީ އެ މަގާމަށް އަބްދުﷲ ނާޝިދުގެ ނަން ހުށަހަޅުއްވާފައެވެ.

އިއްޔެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ނާޝިދަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ނާޝިދު އޭސީސީގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 26ގައެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަގާމުތަކެއް އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން