ފުލުހުންގެ އިދާރާ--
ފުލުހުންގެ އިދާރާ--
ސްޕާއެއްގެ ތެރޭގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަވްތާ ސޮހެލް މިއަހް (34 އ.) އެވެ.

ބަންދު އަމަރުގައިވާ ގޮތުން ސޮހެލް ވަނީ ސްޕާއިން ހިދުމަތް ހޯދުމަށް ފަހު އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގައިފަ އެވެ. އަދި އަނިޔާ ލިބުނު މުވައްޒަފުގެ ކަރު ރަތްވެފައި ހުރި ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

މީހަކަށް އަނިޔާކުރި ކަމަށް ސޮހެލް ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް ބަންދު އަމުރުގައި ބުނީ ސޮެހެލްއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ 10 ދުވަހު އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން