ރާއްޖޭގެ ތަރައްގީގައި ހިއްސާވާ އެކިއެކި ޖަމިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އެ ޖަމިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރެއްވިއެވެ. އަދި އިސްރައްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ހާއްސަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ.
އަދި ރާއްޖޭގެ އިސްރައްވެހިންގެ ޖަމިއްޔާފަދަ އަމިއްލަ ޖަމިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އެ ބޭފުޅުން ވަނީ ރައީސާ ހިއްސާ ކުރައްވާފައެވެ.
އިސްރަށްވެހިންގެ ޖަމިއްޔާގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަ ކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި މުޖުތަމައަކީ ތަހުޒީބު މުޖުތަމައަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަ ކުރަމުން އިސްރަށްވެހިންގެ ޖަމިއްޔާއިން ބުނީ ރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަމަށެވެ.
މިކަމާ ގުޅުވައިގެން ވާހަކަ ދައްކަވަމުން ރައީސް ވަނީ މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑު ހަރުދަނާ ކުރުމަށާއި ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެކިއެކި މަސައްކަތުގެ މައުލޫމާތު އެބޭފުޅުންނާ ހިއްސާ ކުރައްވާފައެވެ.
އަދި މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ހުށައެޅުއްވި އެކިއެކި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އެބޭފުޅުންނަށް ދެއްވާފައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ކިޔުންތެރިންގެ ހިޔާލު