މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާ ތަންތަން ހޯދަން ހާއްސަ އޮޕަރޭޝަނެއް ހިންގައި ވޭޕްގެ ވިޔަފާރިކުރާ ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މުހައްމަދު އަބޫ ސުފްޔާން، (27އ) ނަމަކަށް ކިޔާ ބަނގުލަދޭޝްގެ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކުރި އިރު 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށެވެ.
އޭގެ އިތުރުން ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ވެސް ފުލުހުން ވަނީ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފަ އެވެ.
ރޭ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަަރޭޝަންގައި ހެލްތު އަދި އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންވެސް ބައިވެރިވިކަމަށް ފުލުހުން ބުނެފައި ވެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހުތަކާއެކު ވޭޕް ބޭނުންކުރުމާއި ވޭޕް ވިއްކުމާއި ބެހުމާއި އަދި އެ ތަކެތި ރާއްޖެ އެތެރެކުުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
އެހެން ނަމަވެސް އަދިވެސް ވޭޕް ދަނީ ބްލެކް މާކެޓްގައި ވިއްކަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު