ޝިޔާމް އިބްރާހިމް
ޝިޔާމް އިބްރާހިމް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ޝިޔާމް އިބްރާހިމް ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގެ ބޯޑުން ޝިޔާމް މިއަދު ވަކިކޮށްފައިވާއިރު ޝިޔާމް ވަނީ އެމްޕީއެލްގައި 25 އަހަރު ޚިދުމަތް ކުރަށްވާފައެވެ. އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޝިޔާމް އައްޔަން ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ދާދިފަހުން ޕީސީބީން ވަނީ އެމްޕީއެލްގެ އެމްޑީގެ މަޤާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މަޤާމުން ވަކިކުރެއްވުމަށްފަހު އެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޝްވާން އައްޔަނު ކުރަށްވާފައެވެ.

އެމްޕީއެލްގެ ބޯޑުގައި މިވަގުތު ތިއްބެވީ ޗެއާޕާސަން އާމިނަތު ހަމީދާއި، ބޯޑު މެންބަރު އަހްމަދު އިލްޔާސް އާއި، އަހްމަދު ނިޔާޒާއި، އަހްމަދު ފަހީމުގެ އިތުރުން، ސީއީއޯ މުހައްމަދު ރިޝްވާނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން