މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)
މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)
މަޖިލީހުން މަސައްކަތް ކުރާ ކަމަށް ބުނެ ރިޔާސަތުން އެކަން ކޮންމެ ދުވަހަކު ފާހަގަ ކުރަން ޖެހެނީ ސަރުކާރުގެ ހަޑި ފޮރުވަން ކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، ކައުންސިލްތަކަށް ދީފައި އޮތް ބާރެއް މިވަގުތަށް ސަރުކާރަށް ނެގުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވާނަމަ އެގޮތަށް ކަންތައް ކުރެއްވުމަކީ މައްސަލައެއް ނޫންކަމަށެވެ.

ދެދުވަހު އެއް ކަމަކާމެދު ވާހަކަ ދައްކައި ބަހުސް ކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވަމުން ޒިޔާދު ވިދާޅުވީ ހަގީގަތުގައި އޮތް މައްސަލައަކީ ދައުލަތުގެ ބަންޑާރަ ނައިބެއް ނެތުންކަމަށެވެ. ސަރުކާރުން ބަންޑާރަ ނައިބުގެ ގޮތުގައި އައްޔަނު ކޮށްފައިވާ ފަރާތަށް އެކަށީގެންވާ ޤާނޫނުތައް ނެހެދޭކަން ފާހަގަ ކުރައްވަމުން ޒިޔާދު ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ޒިޔާދު ވިދާޅުވީ މަޖިލީހަށް ބޭނުންވާ މިންވަރަށް ސަރުކާރުން މަސައްކަތް ހުށަނާޅާ ކަމަށާއި، އެއީ މަޖިލީސް މެމްބަރުންގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރާއި ބަންޑާރަ ނައިބުގެ މައްސަލައެއް ކަމަށްވެސް ޒާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މަޖިލީހުގައި ކުރާނެ ކަމެއް ނެތް ކަން ފާހަގަ ކުރައްވަމުން ޒިޔާދު ވިދާޅުވީ މަޖިލީހުން މަސައްކަތް ކުރާކަމަށް ބުނެ މަޖިލީހުގެ ތަފާސްހިސާބުތައް ރިޔާސަތުން ކޮންމެ ދުވަހަކު ފާހަގަކުރަން ޖެހޭ ސަބަބަކީވެސް މިއީ ކަމަށެވެ.

ޒިޔާދު މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގައި އެކަށީގެންވާ މަސައްކަތްތައް ނުކުރާ ކަމަށް ބުނާ މައްސަލައެއްވެސް ދާދި ފަހުން ވަނީ ހޫނުވެފައެވެ.

މިކަމަށް ރައްދުދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކުރެވޭ މަސައްކަތްތައް ނިންމާލި ނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ހަގީގީ މަސައްކަތްތައް ކުރިއަށްދާނީ ކޮމިޓީތަކުގައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން