ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ލޯނުތައް ބޮޑު އިންޓަރެސްޓްގައި ނެގީ ހާރިިޖީ ސިޔާސަތު ރަނގަޅުވެގެންތޯއޭ އައްސަވައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ރައްދު ދެއްވައިފި އެވެ.
އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަންނަން ފައިސާ ޗާޕުކުރަން އުޅޭ ކަމަށް އަޑުތައް ފެތުރިފައިވާާތީ އިއްޔެ ޝާހިދު ވިދާޅުވީ މި ސަރުކާރު ހާރިޖީ ސިޔާސަތު ފެއިލްވެ ބޭރުންވެސް ފައިސާ ނުލިބޭތީ ޖެހުނު ގޮތަކުން ފައިސާ ހޯދަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެހެންވެ ޝާހިދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާއު މިއަދު އެކްސްގައި ވިދާޅުވީ ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ރަނގަޅުކަމަށް ދައުވާ ކުރާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
"ހާރިޖީ ސިޔާސަތު ރަގަޅުވީމާތޯ ލޯނުތައް ފުނި ފުންޏަށް ނެންގެވީ މާކެޓްގައި ހުރި އެންމެބޮޑު އިންޓްރެސް ރޭޓްގަ؟ މަނިކުފާނު ނޫންތޯ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގެ ފަސް އަހަރު ނުލިބޭ ހިލޭ އެހީ ތިބޭފުޅުން އެއް އަހަރުން ހޯއްދަވާފައިވާ ކަމަށް؟ހިލޭ އެހީ އަކީ މާކެޓުން ލިބެންހުރި އެންމެ ބޮޑު ރޭޓުގެ ލޯނުތޯ؟" ޝުޖާއު ވިދާުވި އެވެ،
ޝުޖާއު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއާ ވެރިކަން ހަވާލުކުރީ ބީ މައިނަލް ރޭޓިންގައި ކަމަށެވެ. ނަމަވެސް 2023 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރޭޓިން އޮތީ ސީސީ އަށް ވައްޓާލައި ގައުމު ބަނގުރޫޓުވެސް ވުމުގެ ތުންފަތް މަތީގައި ކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި އެމްޑީޕީން ވެރިކަން ނިންމާލީ ރިޒާވްގައި ހުރި ޑޮލަރުކޮޅު ހުސްކޮށް ލުމަށް ފަހު ކަމަށް ވެސް ޝުޖާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު