މި ސަރުކާރުން އުޅެނީ ފައިސާ މެނޭޖު ކުރަން ނޭނގިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފު މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭ އުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންމެވެ.
މައުރޫފް ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ފައިސާ ޗާޕުކުރުމުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއް ގެންގުޅެމުންދާ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި ފައިސާ ޗާޕު ކުރަނީ އިގްތިސާދު ވަކި ހާލަތަކަށް ދިއުމުން ކަމަށް މައުރޫފު ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅެނީ ގައުމު އިގްތިސާދީ ހާލަތެއްގެ ތެރެއަށް ވައްޓާލުމަށްޓަކައި ކަމަށް މައުރޫފު ވަނީ ތުހުމަތު ކުރައްވާފައެވެ.
މައުރޫފު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ދެކެވެމުންދާ ވާހަކަތަކުން ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅު ހާލަތެއްގައިކަމަށް ބުނާ އަޑުއިވޭ ކަމަށާއި، އެހެންނަމަވެސް ހަގީގަތުގައި ސަރުކާރުން އުޅެނީ ފައިސާ މެނޭޖުކޮށް، ހަރަދު ކުޑަކުރަން ނޭނގިގެން ކަމަށެވެ.
އަދި ސަރުކާރުން އިސްރާފުގެ ހަރަދުތައް ކުރާ ވަރު ބޮޑުކަން ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައިސާ ޗާޕު ކުރަން އުޅުއްވަނީ ރަސްކަމެއް ކުރައްވަން މަސައްކަތް ކުރާތީ ކަމަށެވެ.
މައުރޫފް އިތުރަށް ވިދާޅުވީ ރައީސް ހުދުމުހުތާރުކަމުން ހައްދުފަހަނައެޅި ޑިކްޓޭޓަރަކަށް ބަދަލުވަމުންދާ ކަމަށާއި، އެހެންވެ އެމަނިކުފާނު އެދިވަޑައިގަންނަވަނީ އާ ފައިސާ ޗާޕުކޮށް އެ ނޫޓުތަކުގައި އަމިއްލަ ފޮޓޯއެއް ޖެއްސެވުމަށްކަމަށެވެ.
ފައިސާ ޗާޕު ކުރުމުން ރުފިޔާގެ އަގު ދަށްވެގެންދާނެކަމަށާއި، އިންޓްރެސްޓް ރޭޓު ބޮޑުވެގެންދިއުމުގެ އިތުރުން ޓެކްސް ބޮޑުވެގެންދާނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
އަދި ރައީސްގެ މިފަދަ ކޮންމެ ކަމެއްގެ ސަބަބުންވެސް އޭގެ ނަތީޖާ ހިތި ވާނީ ދިވެހި ރައްޔިތުންނަށް ކަމަށް މައުރީފް ވަނީ ފާހަގަ ކުރައްވާފައެވެ.
މައުރޫފު މިފަދަ މޭރުމަކުން ވާހަކަ ދެއްކިއިރު މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން އެންމެ ގިނަ އަދަދަކަށް ފައިސާ ޗާޕުކޮށްފައި ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނެވެ. މިސަރުކާރުން ބުނަމުންދަނީ ފައިސާ ޗާޕު ނުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު