ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އެމްޑީޕީގެ މެންބަރުންނާ މެދު އަމަލުކުރައްވަނީ އުސޫލުތަކާ ހިލާފަށްކަމަށް އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ، މަޖިލީހުގައި މިހާރު އިދިކޮޅު މެންބަރުން ބަސް ބުނާނެ އެއްވެސް ފުރުސަތެއް ނޯންނަކަމަށެވެ. އަދި މައްސަލަތަކުގައި ވާހަކަ ދެއްކުމަށް ވެސް މަޖިލީހުން އެމްޑީޕީގެ މެންބަރުންނަށް ފުރުސަތު ދެމުންދާގޮތް މިހާރު ސާފު ނުވާކަމަށް ނާޒިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ވެފައިވާ ބޮޑެތި މައްސަލަތަކާ ގުޅިގެން އެމްޑީޕީން ހުށަހަޅާ ކުއްލި މައްސަލަތައް ބޭރުކޮށްލުމަކީ އޭގެ ހެއްކެއް ކަމަށެވެ. އެގޮތުން ނ. ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާއި އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅިގެން ހުށަހެޅި މައްސަލަ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ހުށަހެޅުމުން އެ މައްސަލަތަކުގައި ރިޔާސަތުން އަމަލު ކުރައްވާގޮތުން މިހާރު އެފަދަ މައްސަލަތައް ހުށަހަޅަން ހަދަންވީގޮތެއް އެމްޑީޕީ މެންބަރުންނަށް ސާފު ނޫންކަމަށެވެ. އަދި އެ މައްސަލަތައް ބޭރުކޮށްލަނީ އުސޫލާ ހިލާފަށް ކަމަށާއި އެއީ ޑިމޮކްރަސީއެއްގައި ކަންކަން ހިނގައިގެންވާނެ ގޮތް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ވަޒީރުންނާ ސުވާލު ކުރުމުގެ ކަންކަން ވެސް އެމްޑީޕީގެ މެންބަރުންނަށް ދަތިކޮށް އޮންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީން މި ދައުރުގައި ކުއްލި މައްސަލައިގެ ގޮތުގައި ގިނަ މައްސަލަތަކެއް ހުށަހެޅިއެވެ. ނަމަވެސް އޭގެ ތެރެއިން މަޖިލީހުގައި ބަހުސް ކޮށްފައިވަނީ މަދު މައްސަލައެއްގައެވެ. ގިނަ މައްސަލަތައް ބޭރުކޮށްލަނީއެވެ. އެމްޑީޕީގެ މެންބަރުން ހުށައަޅާ ގިނަ މައްސަލަތަކަކީ ކުއްލި މައްސަލަތަކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަނުވާ މައްސަލަކަން ރިޔާސަތުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު