ވިއްސާރައާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވާތީ ފެން ހިންދަން މާލޭ ސިޓީ ކައުންސިލުން އިތުރު ދެ ޕަމްޕް ގެންނަން ނިންމައިފި އެވެ.
މިނެޓަކު 11،000އަށް ވުރެ ގިނަ ލީޓަރުގެ ފެން ބޭރުކުރެވޭ ދެ ޕަމްޕް މާލޭ ސިޓީ ކައުންސިލުން ގެނައީ މި މަސް ފެށުނުތަނާއެވެ. އަދި އިއްޔެ ވަނީ އެ ދެ ޕަމްޕް ޑިފެންސް މިނިސްޓްރިއާ ހަވާލުކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ވަނީ އިތުރު ދެ ޕަމްޕް ގެންނަން ފާސްކޮށްފަ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި ފަހަރު ޕަމްޕް ގެންނަނީ ޝަހީދު އަލީ މިސްކިތް ހުންނަ ސަރަހައްދާއި ނަސަންދުރަ ކައިރީގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ދެ ޕަމްޕް ގެނައުމުގެ ކުރިން މާލޭގައި ބޭނުންކުރަމުން ދިޔަ ޕަމްޕްތަކުން މިނެޓަކު ބޭރު ކުރެވެނީ 1300އެއްހާ ލީޓަރުގެ ފެނެވެ.
"މިހާރު އަޅުގަނޑުމެން ގެނައި ޕަމްޕްތަކުން ބައި ގަޑިއެއްހާ އިރު ތެރޭގައި އެބަ ފެން ހިންދާލާ. އިއްޔެގެ ވިއްސާރައިގައި ވަރަށް އަވަހަށް ހިންދާލެވުނު. އެހެން ނޫނީ ފެންބޮޑުވާ ފަހަރު ހަ ގަޑިއިރުވެސް ނަގާ ފެން ހިންދަން،" މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އާ ދެ ޕަމްޕަށް އޯޑަރު ދިނުމުން އެ ތަކެތި އެމެރިކާއިން ގެންނަން ހަ މަސް ވަރު ހޭދަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު