ވެރިކަންކުރާ ޕީއެންސީގެ ނަމުގައި ސައްހަ ނޫން މެސެޖްތަކެއް ދައުރުވާތީ ސަމާލުވުމަށް އެޕާޓީން އިލްތިމާސްކޮށްފިއެވެ.
ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުމޫލާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީ އާއި ޕާޓީގެ މައި އޮފީހުގެ އިތުރުން ޕާޓީގެ ރަސްމީ މަސްއޫލިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ ޕާޓީގެ ރަސްމީ ޕްލެޓްފޯމްތަކުން ކަމަށެވެ.
ޕީއެންސީން ބުނީ އެޕާޓީން އެއްވެސް މައުލޫމާތެއް ހޯދަން މެސެޖެއް ނުކުރާނެ ކަމަށެވެ. އަދި އެ ޕާޓީގެ ނަމުގައި ހިންގާ މިފަދަ ކަންކަން ފުލުހުންނަށް ހުށަހަޅައިގެން ވެސް ބަލާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
“ސިޔާސީ ބޭނުމަކަށް މިޕާޓީގެ ނަމުގައި ސައްހަނޫން މެސެޖުތައް ފޮނުވުން ފަދަ ދަށުދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ޙާލު އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ.” ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުން އެފަދަ ސައްހަ ނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށް ޕީއެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.
ހަމައެއާއެކު އެފަދަ މެސެޖެއް ލިބިއްޖެ ނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާ އަށް އެކަން އެންގުމަށްވެސް އެޕާޓީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު