އެމްޑީޕީން ސިލްސިލާކޮށް މިހާރު ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ވާހަކަ ދެއްކި މީހަކު 18 އަހަރު ނުވާ ކުޑަކުއްޖެއްގެ ވާހަކަތަކެއް ދައްކާފައިވާތީ އެކަން ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.
އެ ކޮމިޝަނުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމްޑީޕީން މަގުމަަތީގައި ބާއްވަމުން ގެންދާ މުޒާހަރާތައް އެ ކޮމިޝަނުން މޮނިޓަރ ކުރަމުންދާކަމަށެވެ. އެގޮތުން، މުޒާހާރާއެއްގެ ތެރެއިން ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަދައްކާފައިވާކަން ފާހަގަ ވެފައިވާކަމަށެވެ.
އެ ކޮމިޝަނުން ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް އެފަދަ ކަންކަން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
އަދި އެފަދަ އަމަލުތައް ބަލައި ކަމާ ގުޅުންހުރި އިދާރާތަކުން އެކަމުގައި ފިޔަވަޅު އެޅުމަށް ކޮމިޝަންގެ ބަޔާނުގައި ގޮވާލާފައި ވެއެވެ. އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސްކަމެއް ސީދާގޮތުން އަދި ނުސީދާ ގޮތުން ވެސް ނުކުރުމަށް އިލްްތިމާސް ކޮށްފައިވެއެވެ.
ކޮމިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައި އެވަނީ މުޒާހަރާގައި ކޮން ފަރާތަކުން ދެއްކި ވާހަކައަކަށްކަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މުޒާހަރާތަކުގެ ތެރެއިން ރައީސް ޑރ. މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީ އެކްޓިވިސްޓަކު ދެއްކި ވާހަކައެއް ވަނީ މީސްމީޑިއާގައި ހޫނުވެފައެވެ.
މި މައްސަލައިގެ އިތުރުން އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ މުޒާހަރާތައް ކުރާ ފަރާތްތަކުން ވެސް އާންމު މަސްލަހަތަށް ބެލުމަށާއި މަގުތަކުން ދުއްވާ އެއްޗެއްސާއި ހިނގާބިނގާވާ ފަރާތްތަކަށް ދަތިވާގޮތަށް މަގު ބެދޭގޮތަށް އެކަން ނުކުރުމަށާއި އަދި ފުލުހުން ވެސް ގާނޫނީ އިމުގެ ތެރެއިން ލިބޭ ބާރުގެ ދަށުން ފިޔަވަޅު އެޅުމަށް ހަނދާން ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު