ހައްޔަރުކުރި ލަންކާގެ އަންހެން މީހާ--
ހައްޔަރުކުރި ލަންކާގެ އަންހެން މީހާ--
މާލޭގެ ފިހާރައެއްގައި ކޭޝިއަރެެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ލަންކާގެ މީހަކު ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ވިޖެންދުރަ ވަޑުގެ ނިޝާރާ ރަސަލީ (24އ.) އެވެ.

ފުލުހުން ބުނީ ނިޝާރާ ގިނަ އަދަދެއްގެ ފައިސާގެ އިތުރުން މުދާވެސް ފިހާރައިން ނަގާފައިވާ ކަމަށެވެ. ނަމަވެސް ނެގި ފައިސާގެ އަދަދެއް ހާމައެއް ނުކުރެ އެވެ.

އެ މައްސަލައިގައި ނިޝާރާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަންް ވަނީ އަމުރުކޮށްފަ އެވެ. އެއީ ސްރީލަންކާގެ ރައްޔިތަކަށްވުމުން އޭނާ ގައުމަށް ގޮސް ފިލުމުގެ އިޙްތިމާލެއް އޮތްކަމަށް ފެންނާތީ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ބަންދު އަމުރުގައިވާ ގޮޮތުން ސީސީޓީވީގެ ސްނެޕް ތަކުން ނިޝާރާ ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާފައިވާ މަންޒަރުވެސް ފެނެއެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން