ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ--
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ--
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އެމަނިކުފާނުގެ އުފަން ރަށް، ލ. ފޮނަދޫގައި އިމާމުވެ މިއަދު ހުކުރު ކުރައްވައިފި އެވެ.

ފޮނަދޫ ކައުންސިލުން މިއަދު ފޭސްބުކުގައި ބުނީ އަބްދުއް ރަހީމް އިމާމުވެ ހުކުރު ކުރެއްވީ ފޮނަދޫގައި ހުންނަ "މަސްޖިދުލް އުލާ"ގައި ކަމަށެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް "ރަސް"އަށް ވިދާޅުވީ އަބްދުއް ރަހީމަށް އިމާމުވެ ހުކުރު ކުރުމަށް ކައުންސިލުން ހަވާލުކުރީ އެމަނިކުފާނު ރަށުގައި މި ދުވަސްކޮޅު ހުންނެވުމުން ނެވެ.

ރިޔާޒް ވިދާޅުވީ ކުރިންވެސް އަބްދުއް ރަހީމް އިމާމުވެ ހުކުރު ކުރައްވާފައިވާ ކަމަށާއި ނަމަވެސް މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށް ފަހު މިއީ އަލަށް އިމާމުވެ ހުކުރު ކުރެއްވި ފަހަރު ކަމަށެވެ.

ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރެވެނީ ހާއްސަ ހުއްދައެއް އޮންނަ ފަރާތްތަކަށް އެކަންޏެވެ. އަދި ފަހަކަށް އައިސް ޒުވާން ޚަތީބުންވެސް ތަމްރީންކޮށް އެ މީހުން ދަނީ ހުކުރު ކުރަމުން ނެވެ.

މިއަދުގެ ހުތުބާގައި އަލި އަޅުވާލައިފައިވަނީ ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ނަސްރުގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން