ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ކުޑަކުދިންގެ ކަރާމާތް ނަގާލާ މީހުންނަކީ ހަމައެކަނި ދުނިޔޭގެ އަމިއްލަ އެދުން ފުއްދަން އުޅޭ ބައެއް ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މި ރޯދަ މަސް ފެށުނު ފަހުން އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީ އެކްޓިވިސްޓަކު ދެއްކި ވާހަކައެއް ވަނީ މީސްމީޑިއާގައި ހޫނުވެފައެވެ.

އެ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓަރު މިއަދު ފޭސްބުކުގައި ވަނީ ކުޑަކުއްޖެއްގެ ހައްގަށް އަރައިގަނެ އެކުއްޖާގެ ކަރާމާތް ނަގާލުމުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ކުޑަކުދިންގެ ކަރާމާތް ނަގާލާ ބަޔަކީ އެމީހުންގެ ދުނިޔަވީ އަމިއްލަ އެދުން ފުއްދުން ފިޔަވައި އެހެން އެއްވެސް މީހަކަށް ހެޔޮ އެދިގެން މަސައްކަތް ކުރާނެ ބައެއް ނޫނެވެ.

ރައީސް މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ވާހަކަ ދެއްކެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އެވެ.

އެ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި އެޗްއާރުސީއެމުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ލީޑާޝިޕުން އެކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން