ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާނީ ފަގީރުންގެ ޝަރުތުތަކަށް ފެތޭކަން ކަށަވަރު ކުރުމަށް ފަހު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު މިއަދު ފޭސްބުކުގައި ވިދާޅުވީ ފަގީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބެލުމަށް ފަހު ކަމަށެވެ.
އެގޮތުން އެ މީހުން ފަޤީރުންގެ ޝަރުތުތަކަށް ފެތޭކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
"މިގޮތުން އެއާ ޚިލާފަށް އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
ޝަރުތު ހަމަވާ 302 ފަގީރެއްގެ މެދުގައި ގުރުއަތުލައިގެން ހައްޖަށް ގެންދާ 50 މީހުން ހޮވީ މިދިޔަ އަންގާރަ ދުވަހު އެވެ.
އަދި ހޮވުނު މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ހައްޖު ދަތުރުގައި ބައިވެރި ނުވެވޭ ހާލަތެއް އަތުވެއްޖެނަމަ އެމީހުންގެ ބަދަލުގައި ފޮނުވާނެ ދިހަ މީހުން ވެސް ގުރުއަތުން ވަނީ ހޮވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި 1000 ފަގީރުން ހައްޖަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު