އަނބިދަރިންނާއި ބެހިގެން ސިޔާސީ ކަންކަން ހާސިލުކުރުމަކީ އެމްޑީޕީގެ ލީޑާޝިޕްގެ ސަގާާފަތެއް ކަމަށް އެމްޑީޕީގައި ކުރިން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެ އެވެ.
ޝުޢައިބު މިހެން ވިދާޅުވީ، އެމްޑީޕީން މި ރޯދަ މަހު ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ރައީސް މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކެވި އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކަށް ޢިޝާރާތް ކުރައްވައެވެ.
މީސް މީޑިއާގައި މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވާއިރު، މިއީ ކުޑަކުދިންގެ ކަރާމާތަށް އަރައިގަތުންކަމަށް ބުނެ މަންދީއަށް ފިޔަވަޅު އަޅަން ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުން ނެވެ.
އެކަމާ ގުޅިގެން ޝުއައިބު އެކްސްގައި މިއަދު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕަކީ، ހިޔާލުތަފާތުވާ މީހުންނަށް އަބަދުވެސް ފުރައްސާރަކޮށް އަނބިދަރިންނާ އާއިލާއާ ބެހިގެން ސިޔާސީ ކަންކަން ހާސިލުކުރުމުގެ ސަގަފާތެއް އޮތް ބައެއް ކަމަށެވެ.
"އެމްޑީޕީއަަށް އިސްލާމީ ރިވެތި އަޚުލާޤު ދަސްކޮށްދިނުމާއި އަބޫޖަހުލަށް އިސްލާމްދީން ދަސްކޮށްދިނުމާ އެއްހަމަވާނެ." ޝުއައިބު ވިދާޅުވި އެވެ.
ކުރިން އެމްޑީޕީގެ ތެރޭގައި ވަރަށް އިސްކޮށް އުޅުއްވި ޝުއައިބު އެ ޕާޓީން ވަކިވީ ވެސް ޕާޓީގެ އެތެރޭގެ ހިޔާލުތަފާތުވުން ބޮޑުވެގެން ނެވެ. އޭގެ ފަހުން އެމްޑީޕީއަށް ޝުއައިބު ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު