ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބުނީ މިމަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން މިމަހުގެ 13 ވަނަ ދުވަހުގެ ރޭ މ. ހަރމަނީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
“ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީ ކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުން ގެންދިޔަ.” އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި އޮޕަރޭޝަންގައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައްިވެއެވެ. އެތަނުން އަތުލައިގަތް ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ޚިލާފަށް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވާއިރު ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 6076 އަށްވުރެ ގިނަ ބިދޭސީން މިސަރުކާރުން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ. އޭގެއިތުރުން އިމިގްރޭޝަން ވޮޗަށް ހުށައަޅާފައިވާ 1297 އަށްވުރެ ގިނަ މައްސަލައިގެ ތެރެއިން މިހާރު ނުނިމި އޮތީ އެންމެ 11 މައްސަލައެއް ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ.
ހަމައެހެންމެ ދިވެހިރާއްޖޭގައި އުޅެމުންދާ 77ހާސް ބިދޭސީންގެ މަޢުލޫމާތު ދާޚިލީ ވުޒާރާއިން މިހާރުވަނީ އޮޕްރޭޝަން ކުރަނގީގެ ދަށުން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު