މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް އަހުމަދު ސަރުވަޝް އާދަމް އާއި އަބްދުލް މަޖީދު އަލީ އައްޔަންކޮށްފިއެވެ.
ޕެންޝަން އޮފީހުން އިއްޔެ ބުނީ އެ ދެ ބޭފުޅުންވެސް ބޯޑަށް އައްޔަން ކޮށްފައިވަނީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެންބަރުންގެ ހައިސިއްޔަތުން ކަމަށެވެ.
ސަރުވަޝް ވަނީ މީގެކުރިން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް މަގާމު އަދާކުރައްވައިފައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެކުރިން ސަރުވަޝް ވަނީ މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވައިފައެވެ.
މަޖީދު ވަނީ ޕެންޝަން އޮފީހުގެ ބޯޑު މެންބަރުގެ މަގާމު 2022 ވަނަ އަހަރު ވެސް އަދާކުރައްވައިފައެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރައްވާ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރަށްވާ 4 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު