އަހުޒަމް އަޙްމަދު   16 މާރިޗު 2025 - 12:0
މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އިންތިހާބުވި އަރީޝް މޭޔަރު އާޒިމްއާއެކު
މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އިންތިހާބުވި އަރީޝް މޭޔަރު އާޒިމްއާއެކު
މާލެ ސިޓީގެ އާ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް އިންތިޚާބުކޮށްފިއެވެ.

މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލުގައި ބޭއްވި ކައުންސިލްގެ ޖަލްސާގައި އަރީޝް، ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބުވީ، ވޯޓުގައި ބައިވެރިވި 16 މެމްބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.

ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް މެމްބަރު އަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. އެހެން ކަމުން ޑެޕިއުޓީ މޭޔަރު އައްޔަން ކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަރީޝް މިިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން