މިފްކޯއިން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކުން 65 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމައިފި އެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ލޯނަށް އެދި އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
މިއީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ވަރުގަދަކުރުމަށް ބޮޑު މަޝްރޫއެއް ހިންގުމަށް ނަގާ ލޯނެއް ކަމަށް ވެސް މިފްކޯއިން ބުނެފައި ވެއެވެ.
އެ މަޝްރޫއުގެ ދަށުން ހަތް ކަމެއް ކުރަން މިފްކޯއިން ވަނީ ނިންމައިފަ އެވެ.
އެގޮތުން މަސް ފިނިކޮށް ރައްކާ ކުރެވޭ ކެޕޭސިޓީ އިތުރުކުރުމާއި ދަޅުމަސްފަދަ އުފެއްދުންތައް އުފެއްދުން އިތުރުކުރުމާއި 10 އަހަރުގެ ޕްލޭނެއްގެ ދަށުން މިފްކޯއާއި މަސްވެރިކަމާ ގުޅުން ހުރި އިދާރާތަކުގެ މީހުން ބިނާ ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ރެކްރޫޓްމަންޓާއި ފައިނޭންސްއާއި ޕްރޮކިއުމަންޓްފަދަ ކަންކަމުގައި ކޮންސަލްޓެންސީ ދިނުމާއި ފައިނޭންޝިއަލް އޮޑިޓިންގެ ކަންކަން ހިމެނެ އެވެ.
އެ މަޝްރޫއުގެ ދަށުން ހއ. އިހަވަންދޫގައި 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީ ގާއިމުކުރާނެ އެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީވެސް ގާއިމުކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު