ސްކޫލުތައް މަރާމާތު ކުރުމަށް ކުންފުނިތަކާމެދު އެއްބސްވުމުގައި ސޮއި ކުރުމުގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ
ސްކޫލުތައް މަރާމާތު ކުރުމަށް ކުންފުނިތަކާމެދު އެއްބސްވުމުގައި ސޮއި ކުރުމުގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ
ރާއްޖޭގެ 19 ރަށެއްގެ ސްކޫލުތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

އެގޮތުން މި މަސައްކަތްތައް ހަވާލު ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

ފެނަކައާ ހަވާލު ކޮށްފައިވަނީ 12 ރަށެއްގެ ސްކޫލުތަކުގެ މަސައްކަތެވެ.

ފެނަކައާއި ހަވާލުކުރި ރަށްތައް؛

• ގއ. ކަނޑުހުޅުދޫ

• ހދ. ވައިކަރަދޫ

• ތ. ވޭމަންޑޫ

• ތ. އޮމަދޫ

• ށ. ފީވަށް

• ށ. ގޮއިދޫ

• ލ. ކުނަހަންދޫ

• ގއ. ކޮނޑޭ

• ފ. ބިލެއްދޫ

• ފ. ފީއަލީ

• ބ. ފުޅަދޫ

• ބ. ގޮއިދޫ

އެމްޓީސީއާ ހަވާލު ކޮށްފައިވަނީ 4 ރަށެއްގެ ސްކޫލުތަކުގެ މަސައްކަތެވެ.

އެމްޓީސީއާ ހަވާލުކުރި ރަށްތައް؛

• ރ. އުނގޫފާރު

• ހއ. އުލިގަމު

• ކ. މާފުށި

• ވ. ފުލިދޫ

އާރްޑީސީ އާ ހަވާލު ކުރީ 2 ރަށެއްގެ ސްކޫލުތަކުގެ މަސައްކަތެވެ.

އެމްޓީސީއާ ހަވާލުކުރި ރަށްތައް؛

• ހއ. ފިއްލަދޫ

• ރ. ހުޅުދުއްފާރު



މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހްމަދު ސައުދީއެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހްއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން