އެމްޑީޕީން މިހާރު ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް މުޒާހަރާގެ ބައިވެރިއަކު ދެއްކި ވާހަކަތައް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކުށްވެރި ކޮށްފިއެވެ.
އެ މައްސަލައަކީ މުޒާހަރާގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު، މަންދީ ދެއްކި ވާހަކައިގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ނުރަނގަޅު އަމަލެއް ހިންގާކަމަށް ތުހުމަތެއްކުރި މައްސަލައެކެވެ.
އެއާއި ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާއިރު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދީފައި ވިޔަސް، އެ ހައްގު ބޭނުންކުރަންވާނީ އެއްވެސް މީހެއްގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމަށެވެ.
އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ އަބުރު ރައްކާތެރިކުރުމަށް މުހިންމު އުސޫލުތައް ކަނޑައަޅާފައިވާއިރު އަދި ގާނޫނުއަސާސީގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ދީފައިވާ ހިނދު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން ހިންގި ހަރަކާތެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދެއްކުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައި ވާތީ، ކުޑަކުއްޖަކާ މެދު ހިންގާފައިވާ އެ އަމަލު ކުށްވެރިކުރާ ކަމަށް އެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިފަދަ ބަޔާނެއް ނެރެފައިވާއިރު އެމްޑީޕީގެ މުޒާހަރާގެ އެ މައްސަލަ އެ ނޫންވެސް ކަމާ ގުޅޭ ގިނަ އިދާރާތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު