މި ސަރުކާރު ބަލިކަށިވަމުންދަނީ ހީވެސް ނުކުރާ ވަރަށް ބާރަށްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް އެފަދައިން ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަޒް ޒުބައިރު (މަންދީ) ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަތަކެއް ދައްކަވާފައި ވަނިކޮށް އޭނާގެ ގަޔަށް ރޭ ކަޅުތެޔޮ ޖެހި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮޖެހުން ކުށްވެރިކުރައްވައި ފައްޔާޒް ވިދާޅުވީ އެއީ ފިނޑި ބަޔަކު ދިން ހަމަލާއެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ދައުލަތުގެ ނިޒާމުތައް ހަރާބުކޮށް، މުޅި ގައުމު ފުނޑުފުނޑު ކޮށްލާއިރު ރައްޔިތުން ބަލާކަށް ނުތިބޭނެ ކަމަށާއި އަދި ހިތްވަރުގަދަ ކަނބަލުން އަބަދުވެސް އިސްވެ ތެދުވާނެ ކަމަށެވެ.
އަދި މަންދީ ފަދަ ކަނބަލުން ޔަގީނުންވެސް ބިރަކަށް ނުގުޑާނެ ކަމަށާއި ފިނޑި އަމަލުތަކުން އެ ކަނބަލުން ފަހަތަކަށްވެސް ނުޖެއްސޭނެ ކަމަށެވެ.
"ސަރުކާރު ބޭޒާރުވެ ބަލިކަށިވަމުން މިދަނީ ހީކުރި ވަރަށްވުރެވެސް ބާރަށް،" ފައްޔާޒު ވިދާޅުވި އެވެ.
މަންދީ ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރަން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިހާރު ވަނީ ނިންމަވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު