އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
ސާޖިދާ އެކްސްގައި ވިދާޅުވީ އެއްވެސް މީހަކަށް މިފަދައިން ހަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.
އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ގާއިމުކުރުމަށް ޖާގަދެއްވުމަށް އެ ކަމަނާ އިލްތިމާސް ކުރެއްވި އެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހީ މެޑަމް ސާޖިދާގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަތަކެއް ދެއްކި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ސާޖިދާ ވަނީ މަންދީއާ ދެކޮޅަށް ދައުވާކުރަން ވެސް ނިންމަވައިފަ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގަޔަށާއި އެމީހުންގެ އިމާރާތްތަކާ މުދަލަށް ކަޅުތެޔޮ ޖެހުމުގެ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު