ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފޮޓޯ: ގޫގުލް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފޮޓޯ: ގޫގުލް
ރޭ އެމްޑީޕީ އެކްޓިވިސްޓެއްގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ފާޑުކިޔާ ހުރިހާ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވަނީ އެމްޑީޕީގެ އިސް ހިދުމަތްތެރިއެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އަށް ބިރުދައްކައި ކަޅުތެޔޮޖަހައި ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާފައެވެ.

އަދި މި ފިނޑި އަމަލަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ފާޑުކިޔާ އެންމެނަށް ބިރު ދައްކަން ކުރި ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މިފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން އެމްޑީޕީ ނުސިހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށްވެސް ހުއްޓުމެއް ނާންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.



މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަަ ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގަޔަށާއި އެމީހުންގެ އިމާރާތްތަކާ މުދަލަށް ކަޅުތެޔޮ ޖެހުމުގެ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން