އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ތަހުގީގުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް)އިން ގޮވާލައިފި އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވުމަށް ފަހު ރޭ ދަންވަރު އޭނާ ގެއަށް ދިޔަ މަގުމަތީގަ އެވެ. ކާކުކަން ނޭނގޭ ގޮތަށް ހެލްމެޓެއްގައި ދިޔަ ބަޔަކު މަންދީގެ އިތުރުން އިތުރު މީހެއްގެ ގަޔަށް ވެސް ކަޅުތެޔޮ ޖެހި އެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސާސްތައް އޮންނަ ތަހުގީގީ އިދާރާތަކާއި މުއައްސަސާތަކުން އެފަދަ މައްސަލަތައް އިސްނަގައިގެން ބެލުމަށް ގޮވާލައިފަ އެވެ
އަދި މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ވެސް އެޗްއާރުސީއެމުން ވަނީ ގޮވާލައިފަ އެވެ.
"ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެއްބަޔަކު އަނެއްބައެއްގެ ހައްގުތަކަށް އިހްތިރާމްކުރުމަށް އެންމެހައި ފަރާތްތަކަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި ބަދަލުހިފުމުގެ ރޫހުގައި އެއްވެސް ބަޔަކު އެއްވެސް އަމަލެއް ނުކުރުމައް އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްއިން އިތުރަށް ބުނެފައި ވެއެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ ރައީސުލްޖުމުހޫރިއްޔާގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަތަކެއް ދެއްކި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަދި އެ މައްސަލައިގައި މަންދީގެ މައްޗަށް ދައުވާކުރައްވަން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާހިދާ މުޙައްމަދު ވަނީ ނިންމަވައިފަ އެވެ.
އަދި ރޭ މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ސާޖިދާ ވެސް ވަނީ ކުށްވެރިކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު