ގަބުރުތައް ނެގުމަށްފަހު މާފަންނު ސަހަރާގައި ބައިބަލާ ފަރިތަކުރަން ފަށަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މާފަންނު ސަހަރާގައި ބައިބަލާ ފަރިތަ ކުރާ ތަނެއް ހަދަނީ މާލެ ސިޓީ ކައުންސިލުންނެވެ. މިކަމާއި ގުޅިގެން ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ތާރީޚު ދިރާސާކުރައްވާ ނާޖިހު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނާޖިހު ވަނީ، މާފަންނު ސަހަރާގައި ހުރި ގާތްތިމާގެ މީހުންގެ ގަބުރުތައް އެއްވެސް ކަހަލަ ޤަދަރެއް އިޙްތިރާމެއް ނެތި ނަގާ އެއްލާލާފައި އެތަނުގައި މާލެ ސިޓީ ކައުންސިލުން ބައިބަލާ ކުޅޭ މައިދާނެއް ހަދަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މާފަންނު ސަހަރާ ހުސްކޮށް އެތަނުގައި ބައިބަލާ ކުޅޭ ތަނެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މާފަންނު ސަހަރާގެ 36،153 އަކަފޫޓު ސަރަހައްދެއްގައި ހުރި ގަބުރުތައް ނަގައި މާލެ ސިޓީ ކައުންސިލުން ވަނީ ސާފުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން 36،153 އަކަފޫޓުގެ ސަރަހައްދުގައިވާ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ ފުރޭނުމުގެ އިތުރުން އެ ވެލި ހުޅުމާލެ ސަހަރާއަށް ގެންދިއުމުގެ މަސައްކަތް ކުރާނެއެވެ. އަދި ސަހަރާގެ މަގުމަތީ ފާރު ވެސް ނަގާ ބައެއް ގަސްތައް ވެސް ވަނީ ކަނޑާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން