ރާއްޖޭގެ ވެރިކަންކުރާ ޕާޓީ ޕީޕީއެމް އަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވީނަމަވެސް، މަޖިލިސް ކޮންްޓްރޯލް ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫންކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހަޅުއްވާފައިވާ މައްސަލަ އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން މައުރޫފް ވިދާޅުވީ މަޖިލީހަކީ ރައީސްގެ ކޮންޓްރޯލުގައި ވާ ތަނެއް ކަމަށާއި، މަޖިލިސް އޮޕަރޭޓުކުރަމުންދަނީ ބޮޓުންތަކެއް އޮޕަރޭޓުކުރާ ގޮތައް ކަމަށެވެ.
މިކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިނގަމުންދަނީ ރައްޔިތުންގެ މަޖިލިސް ހިންގަން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މުޅި މަޖިލީސް ކޮންޓްރޯލު ކުރައްވަނީ ރައީސް ކަމަށާއި، މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލު ކުރައްވަނީ ރައީސް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮތްނަމަވެސް އެއީ އަދި ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު މަޖިލިސް ކޮންޓްރޯލު ކުރާ ކަމަށް ބުނެ ވާހަކަ ދެއްކޭނެ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށެވެ. އަދި މިއީ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމަކާ ނުލައި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެގެން މަސައްކަތް ކުރެވޭ ގޮތަށް އޮތް ނިޒާމެއް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު