ތަފާތު އެކި މައްސަލަތަކުގައި މަޖިލީހަށް ހާޒިރު ކުރާ ފަރާތްތަކަށް ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން ތިން ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މީހުން ހާޒިރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު އެވެ. އެގޮތުން އިސްލާހު ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އަދި އެ މާއްދާގެ (އ) އަށެވެ.
މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނީ މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރުކުރެވޭނީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރުކުރުމަށް ނިންމާ ތާރީހާއި ހާޒިރުވުމަށް ތާވަލުކުރާ ތާރީހާ ދެމެދު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ސާފު ފަސް ދުވަސް ދިނުމަށްފަހު ކަމަށެވެ.
އަދި ގަވާއިދުގެ 180 ވަނަ މާއްދާގެ އ. ގައި ބުނަނީ މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް އެދެވޭނީ އެ ކަމަކަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ސާފު ފަސް ދުވަސް ދިނުމަށްފަހު ކަމަށެވެ.
މި ގަވާއިދަށް މެމްބަރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރުކުރެވޭނީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރުކުރުމަށް ނިންމައި ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ތިން ދުވަސް ދިނުމަށްފަހު ކަމަށެވެ.
އަދި ހަމަ އެފަދައިން މައުލޫމާތު ސާފު ކުރުމަށް ނުވަތަ ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވާ ހާލަތްތަކުގައި ކޮމިޓީއަށް އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް އެދެވޭނީވެސް ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ތިން ދުވަސް ދިނުމަށްފަހު ކަމަށް އިސްލާހުގައި ވެއެވެ.
މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ގެނައުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 50 މެމްބަރުންގެ ވޯޓާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު