މާފަންނު ސަހަރާގައި ހެދި ބައިބަލާ ކުޅޭ ތަން--
މާފަންނު ސަހަރާގައި ހެދި ބައިބަލާ ކުޅޭ ތަން--
މާފަންނު ސަހަރާގައި ބައިބަލާކުޅޭ ތަނެއް ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމާއެކު އެމައްސަލަ ހޫނުވެ އާންމުން ފާޑުކިޔަން ފެށުމުން އެފަދަ ތަނެއް ހަދަން ހުއްދަ ނުދޭ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ކުރިން މީހުން ވަޅުލި މާފަންނު ސަހަރާގެ ގަބުރުތައް ނެގުމަށްފަހު އެ ތަނުގައި ބައިބަލާ ކުޅޭނެ ތަނެއް ހަދާފައިވާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް އާންމުވުމާއެކު ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް "ރަސް"އަށް ވިދާޅުވީ އޭނާއަށް ވެސް އެ ފޮޓޯތައް ފެނިވަޑައިގަތީ ސޯޝަލް މީޑިއާއިން ކަމަށެވެ. އަދި މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައި ބަޔަކު އޮތީ ކައުންސިލަށް ނޭނގި ކަމަށާއި އެކަން އެނގުމާއެކު އެތަން ސާފުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލްގެ ޕްލޭނަކީ އެތަނުގައި ހިތް ފަސޭހަ ކޮށްލާނެ ޕާކެއް ހެދުން ކަމަށާއި އަދި ކޮންމެވެސް ވަރަަކަށް ޕާކު ކުރެވޭނެ ގޮތް ވެސް ހެދުން ކަމަށެވެ.

މާފަންނު ސަހަރާގެ 36،153 އަކަފޫޓު ސަރަހައްދެއްގައި ހުރި ގަބުރުތައް ނަގައި މާލެ ސިޓީ ކައުންސިލުން ވަނީ ސާފުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން 36،153 އަކަފޫޓުގެ ސަރަހައްދެއްގައިވާ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ ސަހަރާގެ މަގުމަތީ ފާރު ވެސް ނަގާ ބައެއް ގަސްތައް ވެސް ވަނީ ކަނޑާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން