މާދަމާ އިން ފެށިގެން ރޯދަ މަހުގެ ފަހު ދިހައެއް ފެށޭތީ، އެ މުއްދަތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމައިފި އެވެ.

މިއަދު ކުރިޔަށް ދިޔަ މަޖިލީހުގެ ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ މަހުގެ ހަތެއްގައި ކަމަށެވެ. ރޯދައިގެ ފަހު ދިހައާ އެކު ޝައްވާލު މަހުގެ ހަ ރޯދައަށް ވެސް މަޖިލިސް ބަންދުވާނެ އެވެ.

ރައީސް އަބްދުއްރަހީމް ވަނީ، ރޯދައިގެ ފަހު ދިހައެއްގައި މެންބަރުން ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށާއި މި މަހުގެ ފުރިހަމަ ސަވާބާއި ފައިދާ ލިބިގަތުމަށް މަސައްކަތް ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

ފަހު ދިހައަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމި އިރު ބައެއް ބިލުތަކުގެ މަސައްކަތް އަދި ނުނިމި އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން