އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދާޚިލީ ވުޒާރާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޮޕަރޭޝަން ކުރަނގީގެ ނަމުގައި 2 މެއި 2024 ގައި ފެށި މަސައްކަތަށް 10 މަސް ވެފައިވާއިރު ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު އެއްކޮށްފައިވާ ކަމަށެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން މާލޭ ސަރަޙައްދުން އެކަނިވެސް 65000 ބިދޭސީންގެ މަޢުލޫމާތު ނަގާފައިވާކަމަށް ބަޔާނުގައިވެއެވެ.
ހަމައެއާއެކު މިދިޔަ ސަރުކާރުގެ ފަސް އަަހަރު ނިމުނުއިރު އެއްކޮށްފައިވަނީ ގާތްގަނޑަކަށް 40000 ބިދޭސީންގެ މައުލޫމާތު ކަމަށްވެސް ދާޚިލީ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ. އަދި ބިދޭސީންގެ މައްސަލަ އެހާ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ވަނީ މީގެ ކުރީގެ ސަރުކާރުތަކުން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުން ކަަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.
އޭގެއިތުރުން މި އޮޕަރޭޝަންގެ މަސައްކަތް ނިމުމުން ބޭރުމީހުން ގެނައުމުގައި މިހާރު އޮތް ދަތިކަން ހައްލުވާނެ ކަމަށާއި މިއަދާ ހަމައަށް މައުލޫމާތު ނުދީ ތިބި ބިދޭސީން އަންނަ މަހުގެ 30ގެ ނިޔަލަށް ފޮރިން ލޭބާ ޑިޕާޓްމަންޓާ އެ މައުލޫމާތު ހިއްސާކުރުމަށް ދާޚިލީ ވުޒާރާއިން ވަނީ އެދިފައެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ އަހަރު ކުރަން ނިންމާފައިވާ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދާޚިލީ ވުޒާރާގެ ސިސްޓަމްގެ ތެރެއަށް ގެނައުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކޮން ގައުމުތަކެއްގެ ބިދޭސީންނެއް ކަމާއި، މަސައްކަތް ކުރާތަން ފަދަ ހުރިހާ މައުލޫމާތެއް ސިސްޓަމަށް ނަގާނެއެވެ.
އަދި ޖެހިގެން އަންނަ ދެ އަހަރު މަސައްކަތް ކުރާނީ ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭ މީހުން ޑީޕޯޓް ކުރުމަށް ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

Very proud of the work the team is doing in this front. 100,000 expat workers’ biometric data has been collected over a period of 10 months. https://t.co/lhQk1cdl9N
— Minister of Homeland Security & Technology (@min_mohst) March 19, 2025
ހަމައެއާއެކު މިދިޔަ ސަރުކާރުގެ ފަސް އަަހަރު ނިމުނުއިރު އެއްކޮށްފައިވަނީ ގާތްގަނޑަކަށް 40000 ބިދޭސީންގެ މައުލޫމާތު ކަމަށްވެސް ދާޚިލީ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ. އަދި ބިދޭސީންގެ މައްސަލަ އެހާ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ވަނީ މީގެ ކުރީގެ ސަރުކާރުތަކުން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުން ކަަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.
އޭގެއިތުރުން މި އޮޕަރޭޝަންގެ މަސައްކަތް ނިމުމުން ބޭރުމީހުން ގެނައުމުގައި މިހާރު އޮތް ދަތިކަން ހައްލުވާނެ ކަމަށާއި މިއަދާ ހަމައަށް މައުލޫމާތު ނުދީ ތިބި ބިދޭސީން އަންނަ މަހުގެ 30ގެ ނިޔަލަށް ފޮރިން ލޭބާ ޑިޕާޓްމަންޓާ އެ މައުލޫމާތު ހިއްސާކުރުމަށް ދާޚިލީ ވުޒާރާއިން ވަނީ އެދިފައެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ އަހަރު ކުރަން ނިންމާފައިވާ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދާޚިލީ ވުޒާރާގެ ސިސްޓަމްގެ ތެރެއަށް ގެނައުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކޮން ގައުމުތަކެއްގެ ބިދޭސީންނެއް ކަމާއި، މަސައްކަތް ކުރާތަން ފަދަ ހުރިހާ މައުލޫމާތެއް ސިސްޓަމަށް ނަގާނެއެވެ.
އަދި ޖެހިގެން އަންނަ ދެ އަހަރު މަސައްކަތް ކުރާނީ ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭ މީހުން ޑީޕޯޓް ކުރުމަށް ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު