ހުސްވި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް) އިން ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކުން އަހަރީ ރިޕޯޓް ހުށަހަޅަން ޖެހެނީ ކޮންމެ އަހަރެއްގެވެސް މާޗު އެކެއްގެ ކުރިން ނެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން އަހަރީ ރިޕޯޓް ހުށަހެޅި ގޮތުގެ ތަފްސީލުތައް އިލެކްޝަންސުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
އޭގައި ބުނެފައިވާ ގޮތުން މުއްދަތުގެ ތެރޭގައި އަހަރީ ރިޕޯޓް ހަތް ޕާޓީއަކުން ހުށަހެޅި އިރު އެ ރިޕޯޓް ހުށަނާޅަނީ ޕީއެންއެފްއާއި އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްވެ އުފެއްދެވި މޯލްޑިވްސް ތާޑުވޭ ޑިމޮކްރަސީ (އެމްޓީޑީ) އެވެ.
ރައީސް ޔާމީންގެ ޕާޓީން ސިޔާސީ ހަރަކާތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔަ ނަމަވެސް އެމްޓީޑީން ސިޔާސީ ހަރަކާތެއް ކުރިއަށް ނުގެންދާތާ އެތައް ޒަމާނެއް ވަނީ ވެފަ އެވެ. މިދިޔަ އަހަރުވެސް މުއްދަތުގެ ތެރޭގައި އެމްޓީޑީން އަހަރީ ރިޕޯޓް ހުށަނާޅާތީ 50،000 ރުފިޔާއިން ޖޫރިމަނާކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު