އެމްޑީޕީ ޖަލްސާއެއްގައި މައުރޫފް
އެމްޑީޕީ ޖަލްސާއެއްގައި މައުރޫފް
މި ސަރުކާރާއިމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ މެދުގައިވެސް އެބައޮތް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މުޒާހަރާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ އެމްޑީޕީއިން އެއްވުންތަކަށް ނިކުތީ އިތުރު ގޮތެއް ނެތިގެން ކަމަށާއި، މި އެއްވުންތަކާ ޕީއެންސީގެ މެމްބަރުންވެސް ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް ބައެއް މެމްބަރުން ވާހަކަ ދައްކަވާތީ އެ މެމްބަރުންނަށް މަޖިލީހުގައި ވާހަކަ ދެއްކުން މަނާ ކޮށްފައިވާ ކަމަށާއި، ޕީއެންސީގެ މެންބަރުންގެ ތެރެއިން ވާހަކަދެއްކުމުގެ ފުރުސަތު އޮންނަނީ ވަކި މެންބަރުންތަކަކަށް ކަމަށެވެ. މިހެންވެ ޕީއެންސީގެ މެންބަރުންގެ މެދުގައިވެސް ސަރުކާރާމެދު ގިނަ ކަންބޮޑުވުންތަކެއް އެބަ އޮތް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އަދި ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތް ނަމަވެސް، ކަން ހިނގަނީ އެހެން ނޫން ކަމަށާއި ފެންނަނީ ގައުމުގެ ވެރި މީހާ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނަންގަވައި އެއްބާރުގެ މައްޗަށް ވެރިވެގަނެފައިވާ މަންޒަރު ކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް އަކަށް އަބަދު މަޖިލީސް ކޮންޓްރޯލް ކޮށްގެން ނުގެންގުޅެވޭނެ ކަމަށާއި، ދިވެހި ފުލުހުން ފަހަތަށް ޖެހޭ ވަރަށް މަގުތަކަށް މީހުން ނިކުންނާނެ ކަމަށެވެ.

"ފްލެޓްގެ ހައްގު ހޯދުމަށް އަޑުއުފުލުން" ނަމުގައި މި ރޯދަމަހުގައި އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތައް ރޯދަ މަހުގެ ފަހު ދިހައަަށް ވަނީ މެދުކަނޑާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން