ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަހީދު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަހީދު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން މުޙައްމަދު ޝައްމާން ވަހީދު ވަކިކޮށްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝައްމާން މަޤާމުން ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޝައްމާނު ވަކިކުރި ސަބަބު ސާފުވެފައި ނުވި ނަމަވެސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.

އަދި އެ މައްސަލާގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޝައްމާން ވަނީ އިމިގްރޭޝަނުގައި 14 ވަރަކަށް އަހަރު މަސައްކަތްކުރަށްވާފައެވެ. އޭނާ އިމިގްރޭޝަން ކޮންޓްރޯލަރ ކަމަށް އައްޔަންކުރީ 2023 ނޮވެމްބަރު 19 ގައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުން ޝައްމާނު ވަކިކޮށްފައި ވާއިރު އޮޕަރޭޝަން ކުރަނގީގެ ނަމުގައި 2 މެއި 2024 ގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފެށި މަސައްކަތަށް މިހާރު ވަނީ 10 މަސް ވެފައެވެ.

އަދި އެ އޮޕަރޭޝަންގެ ދަށުން ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު ވަނީ އެއްކޮށްފައެވެ. އަދި އިމިގްރޭޝަނުން ދަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ޙަރަކާތްތެރިވާ ބިދޭސީން އަތުލައިގަނެ ޑީޕޯޓް ކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން