އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލާގައި 3 މީހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް އެއިދާރާއިން ބަލަން ފަށާފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކޮށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެ އިތުރުން ފުލުހުން ބުނެފައިވަނީ އެމައްސަލައިގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
ފުލުހުން މިރޭ މިހެން ބުނެފައިވާއިރު އިއްޔެގެ ވަގުތެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން މުޙައްމަދު ޝައްމާން ވަހީދު ވަނީ ވަކިކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައާ ގުޅޭ pic.twitter.com/5MNaoNO7mY
— Maldives Police (@PoliceMv) March 20, 2025
އޭގެ އިތުރުން ފުލުހުން ބުނެފައިވަނީ އެމައްސަލައިގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
ފުލުހުން މިރޭ މިހެން ބުނެފައިވާއިރު އިއްޔެގެ ވަގުތެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން މުޙައްމަދު ޝައްމާން ވަހީދު ވަނީ ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު