އާސަންދަ އޮފީސް--
އާސަންދަ އޮފީސް--
ޕްރައިވެޓް އިންޝުއަރެންސްއާއި އެކުއެކީ އާސަންދަ ވެސް ލިބޭ ގޮތް ހަދައިފި އެވެ.

އާސަންދަ ކުންފުނިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ޕްރައިވެޓް އިންޝައުރަންސް އޮންނަަ ފަރާތްތަކަށް އެނދުމަތި ނުވެ ހޯދާ ސިއްހީ ހިދުމަތްތަކަށް ފުރަތަމަ ޕްރައިވެޓް އިންޝުރެންސް ބޭނުންކުރެވޭނެ ކަމަށެވެ. އަދި އާސަންދަ ސްކީމުންވެސް އެ ހިދުމަތަށް ކަނޑައަޅާފައިވާ އަދަދުވެސް އެކުއެކީ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އާސަންދައިގެ ނިޒާމުތަކާއި އިންޓަގްރޭޓްކޮށްގެން ހިދުމަތްކޮށްގެން އަމިއްލަ މަރުކަޒުތަކުގެ ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

އެ އުސޫލަށް ހިދުމަތް ދޭން ފެށީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށް ވެސް އާސަންދައިން ބުނެފައި ވެއެވެ.

"މިއާއެކު ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހިދުމަތް ހޯދާއިރު އެންމެ ފުރަތަމަ ޗާޖުކުރާނީ ޕްރައިވެޓް އިންޝުއަރެންސް ޕްލޭނުން ފޯރުކޮށްދޭ މިންވަރުން ނެވެ. އެއާއެކު ޕްރައިވެޓް އިންޝުއަރެންސްގެ ޕްލޭނުން ކަވަރުކުރާ މިންވަރަށް ވުރެ އިތުރުވާ އަދަދު އާސަންދައިގެ ލިމިޓުގެ ތެރެއިން ވެސް ފޯރުކޮށްދޭނެ އެވެ." އާސަންދައިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން