ގްރޭޓާ މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ހަތަރު މައިދާނެއްގައި ކުރާ ގޮތަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ މިފަހަރުގެ އީދުގައި މައިދާންތަކުގައި އީދު ނަމާދުކުރަނީ މާފަންނު ސްޓޭޑިއަމްއާއި ވިލިމާލޭގެ ބޯޅަ ދަނޑާއި ހުޅުމާލޭގެ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލޭގައި ހުންނަ ކްރިކެޓް ސްޓޭޑިއަމްގައި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.
މައިދާންތަކާއި މިސްކިތްތައް ހިމެނޭ ގޮތަށް މާލޭގެ 27 ތަނެއްގައި އީދު ނަމާދުކުރާނެ އެވެ.
އެގޮތުން އީދު ނަމާދު ކުރާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް, ފުރުގާން މިސްކިތް, ނޫރު މިސްކިތުގެ އިތުރުން ފަނޑިޔާރު މިސްކިތާއި ސަލާހުއްދީން މިސްކިތް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު