އުންމީދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ކުރިއެރުންތައް ލިބުން ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަރަޔޑް) އަހްމަދު ފަސީހް ވިދާޅުވެއްޖެއެވެ.
ފަސީހް މިހެން ވިދާޅުވީ ރާއްޖޭގެ އިމިގްރޭޝަންގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.
އެގޮތުން ފަސީހްގެ މެސެޖުގައި، މިއަދު މޯލްޑިވްސް އިމިގްރޭޝަނަށް 75 އަހަރު ފުރި އަލިމަސް ޔޫބީލް ފާހަގަ ކުރަމުންދާއިރު، އިމިގްރޭޝަނަށް ހިދުމަތްކޮށްދެއްވި އަދި މިހާރުވެސް ހިދުމަތް ކުރައްވަމުން އަންނަ ހުރިހާ މުވައްޒަފުންނަށް ވަނީ ޝުކުރު ދައްނަވާފައެވެ.
އަދި ފާއިތުވި 75 އަހަރުގައި ގައުމުގެ ދޮރާށިތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އިމިގްރޭޝަނުން ގިނަ މަސަައްކަތްތަކެއް ކުރެއްވިކަން ފަސީހު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަށް ބޭނުންވާ ހިދުމަތްތައްވެސް ޒަމާނުއްސުރެ އިމިގްރޭޝަނުން ފޯރުކޮށްދެމުން ގޮސްފައިވާކަން ފަސީހް ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށްވެސް ފަސީހް ވިދާޅުވިއެވެ.
ރާއްޖޭގައި އިމިގްރޭޝަނުގެ ހިދުމަތް ދޭން ފަށާފައި ވަނީ 1950 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު