އއ. ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިޔަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓްކުރީ ރޭ 11:15 ކަންހާއިރު ކަމަށެވެ.
އަދި އެ ގޭގެ ދެ މީހަކު ފިހި ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް ފުލުހުން ނުބުނެ އެވެ. އަދި ރަސްދޫ ކައުންސިލުން ވެސް އެކަމާ ގުޅޭ ގޮތުން ބަހެއް ނުލިބެ އެވެ.
"ރަސް" އަށް އެނގިފައިވާ ގޮތުން ފިހުނު ދެ މީހުންނަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގަ އެވެ. އަދި ދެ މީހުން ވެސް ވަރަށް ބޮޑަށް ފިހިފައިވާކަން ވަނީ އެނގިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު