ކެޔޮދޫގައި ފެނާއި ނަރުދަމާ ގާއިމްކޮށް ނިމިފައި، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ކެޔޮދޫގައި ފެނާއި ނަރުދަމާ ގާއިމްކޮށް ނިމިފައި، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ވ. ކެޔޮދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮންސްތްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން 45 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 345 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކުގެ އިތުރުން 960 ޓަނުގެ ވާރޭފެން ރައްކާކުރާ 1 ޓޭންކް ބަހައްޓާފައިވާކަމަށެވެ.

އަދި ނަރުދަމާ ނިޒާމަށް 3 ޕަންޕިން ސްޓޭޝަނާއި 4.3 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 3.9 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް އަޅާފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން 27 ކިލޯވޮޓުގެ ސޯލަރ ޕެނަލްވެސް މި މަޝްރޫއުގެ ދަށުން ހަރުކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ނިންމާލުމަށްފަހު މިހާރު އޮޕަރޭޓަރާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

އަދި ނިޒާމު ޓެސްޓްކުރުމުގެ ގޮތުން އަގު ނުނަގައި، މިހާރު ޚިދުމަތް ފޯރުކޮށްދެމުންދާކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ސަރުކާރުގެ ހަރަދުގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ފެށީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2023 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން