އިންސާނީ ހައްގުތަކަށާއި، ކަރާމަތަށް ގެއްލުން ނުވާފަދަ ގޮތަކަށް މީޑިއާތަކުން މައުލޫމާތު ގެނެސްދިނުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން އިލްތިމާސްކޮށްފިއެވެ.
އެޗްއާރްސީއެމުން މިގޮތަށް އިލްތިމާސް ކުރީ ރާއްޖެ ޓީވީގެ "ކާލާ ބައިސާ" ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން ކުށްވެރިކޮށް އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.
އެޗްއާރްސީއެމުން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުއްޓަސް ނެތަސް، މުޖްތަމައުގައި ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިދީފައިވާކަމަށެވެ. އެހެންވެ މިފަދަ އަމަލުތައް ނުކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
އަދި މީޑިއާތަކުން މަންޒަރާއި އަޑާއި، މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް އެކޮމިޝަނުންވަނީ ހުރިހާ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.
އެޗްއާރްސީއެމުން ވަނީ މިފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ.
އެ ޕްރޮގްރާމްގައި އޯޓިސްޓިކް ކުދިންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ގޮތަށް ވާހަކަދައްކާފައިވަނީ ސިފައިންގެ ކުރީގެ ކާނަލެއް ކަމަށްވާ އަހުމަދު ފަޔާޒް އަލީ (ޕާޕާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެެވެ.
އެމައްސަަލައިގައި ރާއްޖެޓީވީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އެ ޕްރޮގްރާމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެ ޓީވީން ވަނީ ރޭ މާފަށް އެދިފައެވެ.

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ޓަކައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ވަނީ މި ކޯޕަރޭޝަނާއި އެކު އެއްބަސްވުމުގައި ސޮއި ކޮއްފައެވެ.
— Road Development Corporation Ltd (@rdcmaldives) March 25, 2025
📷: @MoDLCH #RoadhaigeRoohu #TeamRDC pic.twitter.com/mhMlf6bQrW
އެ ޕްރޮގްރާމްގައި އޯޓިސްޓިކް ކުދިންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ގޮތަށް ވާހަކަދައްކާފައިވަނީ ސިފައިންގެ ކުރީގެ ކާނަލެއް ކަމަށްވާ އަހުމަދު ފަޔާޒް އަލީ (ޕާޕާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެެވެ.
އެމައްސަަލައިގައި ރާއްޖެޓީވީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އެ ޕްރޮގްރާމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެ ޓީވީން ވަނީ ރޭ މާފަށް އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު